ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ދަރިވަރުން ގައުމީ ގަދަ 10ގައި ހިމެނިއްޖެ އެވެ.
ރ. މީދޫގައި ހުންނަ ތަޢުލީމީ މަރުކަޒުން މިއަހަރުގެ މެއި/ޖޫންގައި ކުރިއަށް ދިޔަ އިމްތިހާނުން ގައުމީ ގަދަ 10 އަށް ގޮސްފައިވަނީ، އަޙްމަދު ނާއިމް، ނަބާހާ ނާސިރު އަދި ސަމްހާ އަޙްމަދުއެވެ.
އަޙްމަދު ނާއިމް 7 ވަނަ އަށް ގޮސްފައިވާއިރު ނަބާހާ ނާސިރު ގޮސްފައިވަނީ 9 ވަނައަށެވެ. އަދި ސަމްހާ އަޙްމަދު ވަނީ 10 ވަނަ އަށް ގޮސްފައިއެވެ.
ރާއްޖޭގައި އާންމުކޮށް އޯލެވެލް އިމްތިޙާން ހަދަނީ އޮކްޓޯބަރު/ނޮވެމްބަރު ގައެވެ. ނަމަވެސް ކޯވިޑް-19 އާއެކު މިދިޔަ އަހަރުގެ އިމްތިޙާން މި އަހަރުގެ މެއި/ ޖޫން އަށް ވަނީ ފަސްކޮށްފައެވެ.
މި އަހަރު ރާއްޖޭގެ 235 ސެންޓަރެއްގައި 5955 ދަރިވަރުން އޯލެވެލް އިމްތިޙާން ވަނީ ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް