ވަޓަވަށްރެހާ، ބޭރު ކުންފުންޏަކަށް 20 އަހަރަށް ކުއްޔަށް ދެނީ

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކުން ތަރައްގީ ކުރަމުން އަންނަ ގދ. ވަޓަވަށްރެހާ ސްރީލަންކާ ކުންފުންޏަކަށް 20 އަހަރު ދުވަހަށް ކުއްޔަށް ދޭނ...

14 Aug 2021 | 06:39

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކުން ތަރައްގީ ކުރަމުން އަންނަ ގދ. ވަޓަވަށްރެހާ ސްރީލަންކާ ކުންފުންޏަކަށް 20 އަހަރު ދުވަހަށް ކުއްޔަށް ދޭން ނިންމައިފި އެވެ.

އަދިވެސް ތަރައްގީކުރަމުންދާ ވަޓަވަށްރެހާގެ 95 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.

މީޑީއާއަށް ޖާބިރު ވިދާޅުވީ ވަޓަވަށްރެހާ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ މުއާމަލާތެއް ނިމިފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު އެއްބަސް ވެފައިވާ ގޮތަށް ކަންކަން ހިނގާނަމަ، މިއަހަރުގެ ޑިސެމްބަރުގެ ތެރޭގައި އެ ރަށް ކުއްޔަށް ދީ އޮޕަރޭޝަނަށް ގެނެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޓަވަށްރެހާ ކުއްޔަށްދެނީ ސްރީލަންކާގެ ކޮން ކުންފުޏަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުއްޔަށް ހިފާ ފަރާތުން ވަޓަވަށްރެހާ ހިންގާނީ ފަސްތަރީގެ ރިސޯޓެއްގެ ގޮތުގައި 20 އަހަރު ދުވަހަށެވެ.

ޖުމުލަ 150 ކޮޓަރި ހުންނަ ވަޓަވަށްރެހާގައި އާންމުކޮށް ރާއްޖޭގެ އެހެން ރިސޯޓުތަކުގައި ހުންނަ ގޮތަށް ބީޗް ވިލާތަކާއި ވޯޓާ ވިލާތައް ވެސް ހުންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް