އެމްއެންޕީއަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރާނެ ޕާޓީއެއްކަން ޔަޤީން: އަސްރާ

އެމްއެންޕީއަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރާނެ ޕާޓީއެއްކަން ޔަޤީން ކަމަށް ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސް (ޑީޑީޖީއެމް) ގެ އޮފީހުގެ އެގްޒެކްޓިވް ޑިރެކްޓަރ އަސްރާ އަޙ...

14 Aug 2021 | 06:00

އެމްއެންޕީއަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރާނެ ޕާޓީއެއްކަން ޔަޤީން ކަމަށް ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސް (ޑީޑީޖީއެމް) ގެ އޮފީހުގެ އެގްޒެކްޓިވް ޑިރެކްޓަރ އަސްރާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ފަހު އަސްރާ ވިދާޅުވީ އެމްއެންޕީ އަކީ ރައްޔިތުންގެ އަޑު އަހާނެ ޕާޓީއެއް ކަމަށެވެ. އަދި އެމްއެންޕީއަކީ ހަމައެކަނި ޕާޓީ ކުރިއަރުވަން އުޅޭ ޕާޓީއެއް ނޫން ކަމަށެވެ.

ޙަޤީޤަތުގައި ޤައުމަށް މިއަދު ބޭނުންވަނީ، ޢާންމުންގެ އަޑުއަހާނެ ޕާޓީއެއްް ކަމަށާއި އެހެންވެ، އެމްއެންޕީއާއި ގުޅުމަށް ރައްޔިތުންނަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ސިންގަޕޫރުން ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ އަދި ރާއްޖޭގެ ޤާނޫނީ އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އަަސްރާ އެމްއެންޕީއާއި ގުޅިވަޑައިގަތުމުން ނާޒިމް ވަނީ، އަސްރާ އެ ޕާޓީއާއި ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިއްވަރަކާއި، އުފަލެއްކަން ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރުކަން ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ، އުފައްދާފައިވާ އެމްއެންޕީ އިން މިހާރުކުރިއަށް ގެންދާ މަސައްކަތަކީ މެމްބަރުން ހޯދުމުގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް