ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ވާޖިބެއްކަން ހަނދާންކުރަންޖެހޭ: މާރިޔާ

ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ތިމާގެ މައްޗަށް އޮތް ވާޖިބެއްކަން ހަނދާންކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވި...

14 Aug 2021 | 05:50

ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ތިމާގެ މައްޗަށް އޮތް ވާޖިބެއްކަން ހަނދާންކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ ގުދުރަތުން ދެއްވާފައިވާ ހުނަރާއި ގާބިލުކަން ނެރެ، އިތުރަށް ފުޅާކުރެވޭނީ ތިމާގެ ވަޒީފާގެ ދާއިރާއިން ކުރިއަރަން ލިބޭ ފުރުސަތުތަކަށް އާއެކޭ ބުނެ ކުރިއަށް ދިއުމަށް މަސައްކަތްކޮށްގެން ކަމަށެވެ.

"ތިމަންނާއަށް މިކަމެއް ނުވާނޭ ބުނުމުގެ ބަދަލުގައި ވާނެއޭ އަބަދު ވެސް ބުނުން. ކަމެއް ކާމިޔާބުކުރުމަށް ތިމާ ކަނޑައަޅާ ލަނޑުދަނޑި ހާސިލުކުރުމުގެ ގާބިލުކަން ތިމާގެ ކިބައިގައި ހުރިކަމުގެ މައްޗަށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، ޔަޤީންކަން.. މީ ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް ކުރިއަށްދިއުމަށްޓަކައި ތިމާ ވިސްނުން ފައްތަންޖެހޭ އޮނިގަނޑެއް.“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޙަޤީޤީ ސިފައިންގެ މީހާ އަބަދުވެސް ހަނދާންކުރަން ޖެހޭނެ ކަމަކީ އެ މީހާ ހަތިޔާރު ނަގަނީ ކީއްވެކަމާއި، އެ ހަތިޔާރު ނަގަނީ އޭނާ އެ ބިމަކަށް އަލަތު ނޭވައިލީ އުފަން ފަސްގަނޑާއި، އެ ފަސްގަނޑުގައި ދިރިއުޅޭ އޭނާގެ ލޮބުވެތި މައިންބަފައިންނާއި، ޢާއިލާއާއި، ރަޙްމަތްތެރިންނާއި، އަވަށްޓެރިންނާއި، އެ މީހުން ފަަދައިން ދިވެހި ލޭ ހިނގާ މުސްލިމު އަޚުންނާއި، އުޚުތުންގެ ޙައްޤުގައިކަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް