ކޮވިޑު ވެކްސިންގެ 2 ވަަނަ ޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު 2 ލައްކަ 94 ހާހުން މައްޗަށް

ކޮވިޑު ވެކްސިންގެ 2 ވަަނަ ޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު 2 ލައްކަ 94 ހާހުން މައްޗަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގާ ކޮވި...

14 Aug 2021 | 05:36

ކޮވިޑު ވެކްސިންގެ 2 ވަަނަ ޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު 2 ލައްކަ 94 ހާހުން މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 294،109 އަށް މިހާރުވަނީ އަރާފަ އެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 342،511 މީހުން ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު، މީގެތެރެއިން 294،109 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މި މަހުގެ 12 ވަނަ ދުވަހު އަތޮޅުތެރެއިން ވަނީ  872 މީހަކު ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި 563 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

މީގެ އިތުރުން މާލެއިން 1،271 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައިވާ އިރު، އެއީ ފުރަތަމަ ޑޯޒް ޖެހި 630 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 641 މީހެކެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުން ނެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ފެށި ވެކްސިންގެ ބޮޑު ކެމްޕޭނުގެ މަގުސަދަކީ އަންނަ ސެޕްތެމްބަރ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހަމަމިއާއެކު ރާއްޖޭގައި 12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެސް ކޮވިޑުންން ދިފާއުވުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން އަންނަ ހަފާތްގައި ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނުކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް