ކުދިވެރިން ގޮވައިގެން ސައިފްގެ ދެމަފިރިން ރާއްޖެ އަންނަނީ

ކުދިވެރިން ގޮވައިގެން ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ޚާންގެ ދެމަފިރިން ދިވެހިރާއްޖެ އަންނަން ދަތުރު ފަށައިފި އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސައިފް އަލި ޚާން އާއި ކަރީނާ ޚާން އަދި ތައިމޫރް...

14 Aug 2021 | 04:37

ކުދިވެރިން ގޮވައިގެން ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ޚާންގެ ދެމަފިރިން ދިވެހިރާއްޖެ އަންނަން ދަތުރު ފަށައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސައިފް އަލި ޚާން އާއި ކަރީނާ ޚާން އަދި ތައިމޫރް އާއި ޖެހް ރާއްޖެ އަންނަނީ ސައިފްގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ. އަދި އެ މީހުން ރާއްޖެ އައުމަށް ފުރީ މިއަދުގެ ވަގުތެއްގައި ކަމަށް ވެއެވެ.

އަންނަ ހޯމަ ދުވަހަކީ ސައިފްގެ އުފަން ދުވަހަށްވާ އިރު، ސައިފްގެ 51 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ރިސޯޓެއް ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް އަދިހާމައެއް ނުކުރެ އެވެ.

ކަރީނާ ކުޅުނު ފިލްމްތަކުގެ ތެރޭގައި "ޖަބް ވީ މެޓް"، "ގުރުބާން"، "ތަލާޝް، ދަ އަންސްވަ ލައިސް ވިތިން" ފަދަ ފިލްމުތައް ހިމެނެ އެވެ.

ސައިފް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަމް ތުމް"، "ރޭސް"، "ލަވް އާޖްކަލް"، "ކަލް ހޯ ނަހޯ"، "ކިޔާ ކެހްނާ" "ފޭންޓޮމް"، "ޕަރިނީތާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް