ޑްރާމާ ސީރީޒް ”ރޭރޭ“ ގެ 90 އިންސައްތަ ޝޫޓިންގ ނިމިއްޖެ އެވެ.
މުޙައްމަދު ފުއާދު (ފޯޑް) ޕްރޮޑިއުސްކޮށް ހަދަމުންދާ މި ސީރީޒަކީ މުޖުތަމައުގައި ހިނގާ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައިގެން ތައްޔާރުކުރާ ސީރީޒެކެވެ.
މި ސީރީޒުގައި ފަސް އެޕިސޯޑު ހިމެނޭ އިރު، ލިޔެ ޑައިރެކްޓްކުރަނީ ފޯޑްގެ ކޮއްކޮ އަޙްމަދު ފުއާދު އެވެ.
ފުރަތަމަ ސީޒަންގައި ލީޑު ތަރިންގެ ގޮތުގައި ހިމަނާފައިވަނީ ހަމްދޫން ފާރޫޤް އާާއި ފާޠިމަތު އާޒިފާ (އަޒޫ) އެވެ. އަދި ނާޝިދާ މުހައްމަދު (ނާއްކޮ)، އަޙްމަދު ސަޢީދު، އަޙްމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ.
މީގެ އިތުރުން މަރްޔަމް ޙަލީމް އާއި އަލީ ޔޫޝަޢު ވެސް ތަރިންގެ ތެރޭގައި ހިމަނާފައިވާ އިރު، ޚާއްޞަ ފެނިލުމަކުން މަރްޔަމް ޝިފާ ވެސް މި ސީރީޒްގައި ފެނިގެންދާނެ އެވެ.
މި ސީރީޒް ކެމެރާކޮށްފައިވަނީ މި ފަންނުގައި 30 އަހަރު ހޭދަކޮށް، އެފަދަ ދެވަނައެއް ނެތް ހުނަރުވެރި ފަންނާނު އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. މި ސިރީޒްގެ ސީޒަން އެއްގައި 05 އެޕިސޯޑް ހިމެނޭނެ އެވެ.
މި ސިރީޒްގެ ކޮންމެ ސީޒަނެއްގެ ލީޑުން ފެންނާނީ އެއް ސީޒަންގައި ލީޑްކޮށްފައި ނުވާ ފަންނާނުން ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުގައި މިހާރު ދައްކަމުން އަންނަ ”ނަފްސު“ ވެސް ޕްރޮޑިއުސްކުރީ މުޙައްމަދު ފުއާދު (ފޯޑް) ގެ "ރޭރޭ" ސީރީޒް ގެ ސީޒަން 01 ވަރަށް އަވަހަށް ފެންނާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް