މާފުށި ޖަލުގެ އޮފިސަރުން އިސްނަގައިގެން މާފުށީގެ މަގުތަށް އެއްވަރުކުރުމުގެ މަސައްކަތް ކޮއްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެސްސީއެސް)އިން ބުނީ މި މަސައްކަތް ކުރީ މިއީ ވިއްސާރަ މޫސުމަކަށް ވެފައި މާފުށި ގެ ބޮޑެތި މަގުތަކުގައި ފެންހެދުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ދަތި އުދަގޫތަށް ފިލުވައިދިނުމައްޓައި ކަމަށެވެ.
މި މަސައައްކަތުގައި މާފުށި ޖަލުގައި މަސައްކަތް ކުރާ ގިނައަދަދެއްގެ އޮފިސަރުން ބައިވެރި ވި ކަމަށާއި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދުގެ މެންދުރުފަހު 1430 އިން 1730އަށް ކަމަށް އެމްސީއެސްއިން ބުނެ އެވެ. އަދި މި މަސައްކަތް މާދަމާވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެމްސީއެސްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް