މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއާއި ޏ.ފުވައްމުލަކުން ގެއްލުން ލިބުނު 34 ގެއެއްގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންކޮށްފިއެވެ.
މިގޮތުން އައްޑޫ ސިޓީގެ 31 ގެއެއްގެ ފުރާޅާއި ފުވައްމުލަކުގެ 3 ގެއެއްގެ ފުރާޅު ސިފައިން ވަނީ މަރާމާތުކޮށްފައި ވާކަމަށާއި އަދި އައްޑޫ ސިޓީގެ ހިތަދޫ ދެ ގެއެއްގެ ފުރާޅު އެކީ އެއްލާލާފައި ވުމާއިއެކު އެ ދެގޭގެ ފުރާޅު އެޅުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސިފައިން ކުރަމުން ގެންދާކަމަށް ސިފައިން ބުނެ އެވެ. އަދި ސިފައިން ކުރަމުންދާ މި މަސައްކަތުން މިރޭ މި ދެ ގޭގެ ފުރާޅު އެޅުމުގެ މަސައްކަތް އެކީ ނިންމާލެވޭނެ ކަމަށްވެސް ސިފައިން ބުނެ އެވެ.
މީގެއިތުރުން ވިއްސާރައިގެ ސަބަބުން ޏ.ފުވައްމުލަކުގައި ފުރާޅު އެއްލާލި ތިން ގެއެއްގެ ފުރާޅު މަރާމާތުކޮށް އަދި މަގުމައްޗަށް ވެއްޓުނު ފަސް ގަހެއް ސިފައިން ވަނީ ނަގާފައި ކަމަށާއި އަދި މަގުތައްމަށްޗަށް ވެއްޓިފައިވާ އިތުރު ގަސްތައް ނެގުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ގަސްތައް ނެގުމުގެ މަސައްކަތްވެސް މިރޭ ނިންމާލެވޭނެ ކަމަށްވެސް ސިފައިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް