ވެށި އަމާން ކުރުމަށް ރާއްޖޭގެ ތިން ސަރަހައްދަކަށް އެސްއޯ ފުލުހުން ފޮނުވަން ނިންމައިފި

ރާއްޖޭގެ ތިން ސަރަޙައްދަކަށް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ފޮނުވައި ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގައި އެސަރަޙައްދުތަކުގެ ރަށްރަށުގެ ވެށި އަމާން ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ނިންމައިފި...

14 Aug 2015 | 15:33

ރާއްޖޭގެ ތިން ސަރަޙައްދަކަށް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ފޮނުވައި ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގައި އެސަރަޙައްދުތަކުގެ ރަށްރަށުގެ ވެށި އަމާން ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ މިގޮތަށް ރާއްޖޭގެ ތިން ސަރަޙައްދަކަށް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ފޮނުވައިގެން އެސަރަޙައްދުތަކުގައި ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަން ނިންމާފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން އެދިފައިވާ އެދުމާ އެއްގޮތަށް ބައެއް ރަށްރަށުގައި މަސްތުވާ ތަކެތި ބޭނުންކޮށް ވިޔަފާރި ކުރުން އިތުރު ވުމާއި އެހެނިހެންވެސް ޖިނާޢީ މައްސަލަތައް އިތުރު ވަމުން ދާތީ އެރަށްރަށުގެ ވެށި އަމާން ކުރުމަށް މަސައްކަތް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ހިންގާ އޮޕަރޭޝަންތައް ހިންގައި ރަށްރަށުގެ ވެށި އަމާން ކުރުމުގެ މަސައްކަތް ކުރަމުންދާނީ އެސަރަޙައްދުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން ކަމަށް ފުލުހުން ހާމަކުރެ އެވެ.

ރާއްޖޭގެ ތިން ސަރަޙައްދަކަށް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ފޮނުވައިގެން އޮޕަރޭޝަންތައް ހިންގަން ނިންމަވައި މިމަސް ނިމުމުގެ ކުރިން އެޓީމުތައް ރާއްޖޭގެ ތިން ސަރަޙައްދުގައި އޮޕަރޭޝަންތައް ހިންގަން ފަށާނެކަމުގައި އިންޓާރނަލް ސެކިއުރިޓީ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ވިދާޅުވިއެވެ.

ޙުސައިން އާދަމް ވިދާޅުވީ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އޮޕަރޭޝަންތައް ހިންގާނީ މާލެއިން އުތުރުން އެއް ސަރަޙާއްދުގަ އާއި މާލެއިން ދެކުނުގެ ދެ ސަރަޙާއްދެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް