ވިއްސާރައިގެ ކަންކަން މިދަނީ ގާތުން ބަލަމުން، މުއައްސަސާތަކުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން: ރައީސް ޔާމީން

ގަދަ ވަޔާއެކު ރޭ ފަތިހު ކުރި ވިއްސާރައިގައި ޢައްޑޫ ސިޓީއާއި ފުވައްމުލަކުގެ ބައެއް އާންމުންގެ ގެދޮރާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ...

14 Aug 2015 | 11:41

ގަދަ ވަޔާއެކު ރޭ ފަތިހު ކުރި ވިއްސާރައިގައި ޢައްޑޫ ސިޓީއާއި ފުވައްމުލަކުގެ ބައެއް އާންމުންގެ ގެދޮރާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ކަމާބެހޭ މުޢައްސަސާތަކާ ބައްދަލުކޮށް، މި ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ހޯދަމުން އަންނ ކަމަށެވެ.

މިދުވަސްވަރު ކުރަމުންމިދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ވުޒާރާތަކާއި، ކަމާ ބެހޭ އެހެނިހެން މުޢައްސަސާތަކުން ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ދެންނެވިން، މިގޮތުން، އާންމުން ރައްކާތެރި މާހައުލަކަށް ގެންގޮސް، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާގޮތް ސީދާ އަޅުގަނޑު ބަލަމުންގެންދާކަމުގެ ޔަޤީންކަން މި ފުރްޞަތުގައި އަރުވަން" ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

މިދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސްކުރައްވާ ކަމަށާއި އަދި މި ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވާ ވާހަކަ ދަންނަވާ ކަމަށްވެސް ރައީސް ޔާމީންގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް