އިންޑިއާގައި ގެއްލުނު ދިވެހި މީހާ ފެނިއްޖެ

އިއްޔެ ހެނދުނުއްސުރެން އިންޑިއާގެ ޓްރިވެންޑްރަމްގައި ގެއްލިގެން ހޯދަމުންދިޔަ ތ.ތިމަރަފުށީ މޫސާ ހަސަން، ޓްރިވެންޑްރަމްގެ މިސްކިތެއްގައި ހުއްޓާ ފެނިއްޖެ އެވެ. އުމުރުން 83 އަހަރުގެ މޫސާގެ އާއިލާއިން ބުނީ...

14 Aug 2015 | 04:44

އިއްޔެ ހެނދުނުއްސުރެން އިންޑިއާގެ ޓްރިވެންޑްރަމްގައި ގެއްލިގެން ހޯދަމުންދިޔަ ތ.ތިމަރަފުށީ މޫސާ ހަސަން، ޓްރިވެންޑްރަމްގެ މިސްކިތެއްގައި ހުއްޓާ ފެނިއްޖެ އެވެ.

އުމުރުން 83 އަހަރުގެ މޫސާގެ އާއިލާއިން ބުނީ މިސްކިތެއްގައި މަޑުކޮށްގެން ހުއްޓާ މޫސާ ފެނުނީ ރޭ 12:30 ހާއިރު ކަމަށެވެ. ހެނދުނު 6:30 ގައި ހިނގާލަން ނިކުމެ މަގު އޮޅިގެން ވަރަށް ގިނަ އިރު ވަންދެން ހިނގުމަށްފަހު މިސްކިތެއް ފެނުމުން މިސްކިތައް ވަދެ މަޑުކޮށްލައިގެން ހުރީ ކަމަށްވެސް އާއިލާއިން ބުނެ އެވެ.

މޫސައާއި މޫސަގެ އަންހެނުންގެ އިތުރުން އަންހެން ދަރި އިންޑިޔާއަށް ދިޔައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ބޭސްފަރުވާއަކަށެވެ.

އިއްޔެ ހެނދުނު 6:15 އާއި 6:30 އާ ދެމެދު، އަންހެނުންނާއި އަންހެން ދަރިފުޅު ނަމާދު ކުރަން ތިއްބާ، މޫސާ ގެއިން ނިކުމެގެން ދިޔައީ ހިނގަން ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް