އދ. މާމިގިލި ކައިރިއަށް ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މާމިގިލި ކައިރިއަށް ފީނަން ދިޔަ ހަތަރު ކުދިންގެ ގްރޫޕެއްގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން މިރޭ 7:00 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި މާމިނގިލީ ރައްޔިތުން ކުރަމުން ދަނިކޮށް އެކުއްޖާ މިރޭ މާމިގިލީ ބޭރު މޫދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ނަމަވެސް އޭނާ ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް