ލޮލުގެ ސިއްޙަތު ރަނގަޅުކުރަން މޯލްޑިވްސް ސްޕެކްސް 2030 އިފްތިތާޙްކޮށްފި

ރާއްޖޭގެ ލޮލުގެ ސިއްޙަތުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ލަނޑުދަނޑިތަށް ހާސިލްކުރުމުގެ މަގުޗާޓު ކަމަށްވާ "މޯލްޑިވްސް ސްޕެކްސް 2030" އިފްތިތާޙްކޮށްފިއެވެ. މޯލްޑިވްސް ސްޕެކްސް އިފްތިތާހުކޮށްފައި ވަ...

14 Jul 2025 | 11:36

ރާއްޖޭގެ ލޮލުގެ ސިއްޙަތުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ލަނޑުދަނޑިތަށް ހާސިލްކުރުމުގެ މަގުޗާޓު ކަމަށްވާ "މޯލްޑިވްސް ސްޕެކްސް 2030" އިފްތިތާޙްކޮށްފިއެވެ.

މޯލްޑިވްސް ސްޕެކްސް އިފްތިތާހުކޮށްފައި ވަނީ މިކަމަށްޓަކައި މިއަދު ހުޅުމާލެ ވޯޓާ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖައްމިޔާއިން ރާއްޖޭއަށް ކަނޑައަޅުވައިފައިވާ މަންދޫބް މިސް ޕޭޑެންއާ، ޞިއްޙީ ވުޒާރާގެ އިސްވެރިން އަދި މާލެ ސަރައްހަދުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ސްޕެކްސް 2030 އިނީޝިއޭޓިވްއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެކަށީގެންވާ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ލިބޭނެ ގޮތް ހޯދާދިނުމަށް ދުނިޔޭގެ ސިއްހަތު ޖައްމުޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެއް ކަމަށެވެ.

މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް)އަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިއްމު ކަމެކެވެ.

މި އިނީޝިއޭޓިވްގެ މަޤްސަދަކީ ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކޮށް، ލޮލުގެ ފެނުމުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ.

"މޯލްޑިވްސް ސްޕެކްސް 2030ގެ ސަބަބުން ރާއްޖޭގައި ލޮލުގެ ސިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ކަންކަން މަގުފަހިވެ، އެންމެންނަށް ފަސޭހައިން ލޮލުގެ ޚިދުމަތްތައް ލިބޭނެ ގޮތް ފަހިވެގެންދާނެ" ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ރަސްމިއްޔާތުގެ ފަހުން، ގްރޭޓަރ މާލެ ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންނާއި ލޮލުގެ ޑޮކްޓަރުންނާއެކު ތިން ދުވަހުގެ ޓެކްނިކަލް ވަރކްޝޮޕެއް ބާއްވާނެ ކަމަށެވެ.

މި ވަރކްޝޮޕްގައި ލޮލުގެ ސިއްހަތާއި ގުޅޭ ސްޓްރެޓެޖީ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި މިކަމާއި ގުޅޭގޮތުން އަތޮޅުތަކަށް މިޝަން ފީލްޑް ދަތުރުތަކެއްވަނީ ރޭވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް