މަގޫދޫގައި ތަރައްޤީކުރަމުންދާ އެއާޕޯޓަށް ބަޔަކު ގެއްލުން ދީފި

ފ. މަގޫދޫގައި ތަރައްޤީކުރަމުންދާ އެއާޕޯޓަށް ބަޔަކު ގެއްލުންތަކެއް ދީފިއެވެ. ފުލުހުން މިއަދު ބުނީ މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވ...

14 Jul 2025 | 06:27

ފ. މަގޫދޫގައި ތަރައްޤީކުރަމުންދާ އެއާޕޯޓަށް ބަޔަކު ގެއްލުންތަކެއް ދީފިއެވެ.

ފުލުހުން މިއަދު ބުނީ މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ރޭ ތަޅާލާފައިވާ މައްސަލަ މިއަދު ހެނދުނު 07:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލަޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވޭ" ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް