ކިހާދޫ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ބ. ކިހާދޫ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ބާ އަތޮޅު ޕޮލިހުން މިރޭ ބުނެފައިވަނީ މިރޭ 06:55 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގީ ބ. ކިހާދޫ ގެއެއްގެ ކޮޓަރިއެއްގައި ކަމަށެވެ. "ރ...

14 Jul 2024 | 15:56

ބ. ކިހާދޫ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ބާ އަތޮޅު ޕޮލިހުން މިރޭ ބުނެފައިވަނީ މިރޭ 06:55 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގީ ބ. ކިހާދޫ ގެއެއްގެ ކޮޓަރިއެއްގައި ކަމަށެވެ.

"ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ވަނީ ނިއްވާލާފައި" ބ. އަތޮޅު ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ހާދިސާ ހިނގުމާއެކު ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމަށްޓަކައި ދިވެހި ފުލުހުންގެ ނަމުގައި ރަށުގެ ރައްޔިތުންނަށް އިޚްލާސްތެރި ޝުކުރެއް ދަންނަވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ނަމަވެސް އަލިފާން ރޯވި ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގައި ބެލެވޭކަމަށްވެސް ބ. އަތޮޅު ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް