ކުރިއަށް އޮތް ތިން ދުވަހު ހުޅުމާލޭ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް އޮތް ތިން ދުވަހުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކ...

14 Jul 2024 | 13:08

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް އޮތް ތިން ދުވަހުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފްއިން އަސްކަރީ ތަމްރީނުތަކެއް

ކުރިއަށް ގެންދަން ނިންމާފައިވާކަން އެ މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މިއިން ކޮންމެ ދުވަހެއްގެ 18:15 އިން 21:00 އަށް ހުޅުމާލެ އިރުމަތިން 11.25 ނޯޓިކަލް މޭލު ބޭރުގައި (05 ނޯޓިކަލް މޭލު ސަރަހައްދުގައި) ކަނޑުމަތީގައެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި ތަމްރީނުގައި ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސްގެ ތެރޭގައި މެޝިން ގަން ހިމެނޭއިރު, ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިނަކީ 4700 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރުކަމަށްވާއިރު, ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ. ލެވެލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް