ބިދޭސީ ރެއިޑް: އިތުރު ހަތް މީހަކު އަތުލައިގެންފި، އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިން މީހަކުވެސް ހިމެނޭ

ގަވައިދާ ޚިލާފަށް ވިޔަފާރީ ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން މާލެ ސަރަހައްދުން ބިދޭސީ ހަ ފިރެހެނަކާއި އެއް އަންހެނަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. ރ...

14 Jul 2024 | 09:36

ގަވައިދާ ޚިލާފަށް ވިޔަފާރީ ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން މާލެ ސަރަހައްދުން ބިދޭސީ ހަ ފިރެހެނަކާއި އެއް އަންހެނަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ރޭ މާލޭގެ ޓޭކްއަވޭ/ކެފޭ ހިންގާ ހަތަރު ތަނެއް ބަލައި ފާސްކޮށް ޖުމްލަ ހަތް މީހަކު އަތުލައިގަނެ މީގެތެރެއިން ބިދޭސީ ތިން މީހަކު ހިންގަމުންދިޔަ ކެފޭއެއް ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އަދި މީގެއިތުރުން އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއަކުވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި މި ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެން ދާނެ ކަމަށްވެސް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންނާއި އިމިގްރޭޝަނުން ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީ ޤަވާއިދާ ޚިލާފަށް ހިންގަމުން ދާ ބިދޭސީން ހޯދުމަށް ފަށާފައި މިވާ އޮޕްރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީންނެއް ވަނީ އަތުލައިގަނެފައެވެ.

އަދި މި ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް