ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެ އުފައްދަވަން މަސައްކަތްކުރައްވާ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދީއްތަ ދުވަހު އެދެން ތައްޔާރުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން، މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެކަކު ކަމުގައިވާ ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެފައިވަނީ އެކަމުގެ ހުއްދައަށް އާދީއްތަ ދުވަހުގެ ހެނދުނު އެދެން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މަލީހު ވިދާޅުވެފައިވާގޮތުގައި ރައީށް ޔާމީން ވަނީ ޕާޓީއަށް ކިޔާނެ ނަމަކާއި ޕާޓީގެ ލޯގޯ މިހާރު ފައިނަލް ކުރައްވާފައެވެ. އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށްދަނީ ސީދާ "ޔާން ސްޕީޑް"ގައި ކަން މަލީހް ފާހަގަކުރައްވާފައިވެއެވެ.
ރައީސް ޔާމީން ވަނީ ރޭގެ ވަގުތެއްގައި ޕީޕީއެމްއިން ވަކިވެ، އާ ޕާޓީއެއް އުފައްދަވާނެކަން އިއުލާނުކުރައްވާފައެވެ. އެކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް