އުރީދޫ ނޭޝަން ގޭމާސް ލޭންޑް - ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލުމުގެ ގޮތުން ރާއްޖޭގެ މޮޅެތި ގޭމަރަންނާއި، ޓީމުތައް އަދި އީސްޕޯޓްސް ކުރިއެރުވުމަށް ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކޮށް އުރީދޫ ނޭޝަން ގޭމާސް އެވާޑް ބާއްވާފިއެވެ.
އުރީދޫ ނޭޝަން ގޭމާސް ލޭންޑް – ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ގޭމިންގް ފެސްޓިވަލް ކުރިއަށް ދިޔައީ 19 އޮކްޓޯބަރުން ފެށިގެން 22 އޮކްޓޯބަރު ގެ ނިޔަލަށެވެ.
350 އަށްވުރެ ގިނަ ގޭމަރުންނާއި އީސްޕޯރޓްސް އަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި މި ހަރަކާތުން ފެނިގެން ދިޔައީ ނުހަނު ހުނަރުވެރިކަމާއި ވަރުގަދަ ވާދަވެރިކަން ކަމަށް އުރީދޫ އިން ފާހަގަކުރައްވައެވެ.
ފެސްޓިވަލްގައި ކުރިއަށް ދިޔަ މުބާރާތްތަކުން މޮޅުވި ފަރާތްތަކުގެ އިތުރުން މުޅި އަހަރު ތެރޭގައި އީސްޕޯރޓްސް ގެ އެކި އެކި ކެޓެގަރީ ތަކުން އެންމެ ފާހަގަކޮށްލެވޭ ގޭމަރުން، ޓީމުތައް އަދި ކޮމިއުނިޓީތައްވެސް އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގައި ފާހަގަކުރިއެވެ.
މި އެވޯޑް ހަފްލާ ފެށިގެންދިޔައީ ކޮސްޕްލޭ ކޮމްޕެޓިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމްއާއި ކެރެކްޓަރ ދައްކާލުމުގެ ކޮސްޕްލޭ ޝޯ އަކުން ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
އެގޮތުން 11 ބައިވެރިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލި ޝޯ އިން ވަނަ ހޯދާފައިވަނީ ފްރައި ބޯއީ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމް އަށެވެ. އަދި ކޮސްޕްލޭ މުބާރާތުން އެއްވަނަ ހޯދި ފަރާތުގެ ހައިސިއްޔަތުން ވިޝާމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިކަމަށް އުރިދޫ އިން ބުނެއެވެ.
މި ފެސްޓިވަލްގައި ތަފާތު ވާދަވެރި މުބާރާތްތައް ކުރިއަށް ގެންދިޔައިރު، އެ އިން ކޮންމެ މުބާރާތަކުން ވެސް ރާއްޖޭގެ ގޭމަރުންގެ ހުނަރު ފެނިގެންދިޔަ ކަމަށް އުރިދޫ އިން ބުންޏެވެ. އަދި މި މުބާރާތްތަކުން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ ޖުމްލަ 185،000 ރުފިޔާގެ ފައިސާ ގެ އިނާމުތައް ލިބިފައެވެ. އެގޮތުން:
ރޭސިން ސިމިއުލޭޓަރ ޖީޓީ7 މުބާރާތުން ވަނަ ހޯދި ފަރާތްތައް:
- ޗެމްޕިއަން: އަޔާން އަހުމަދު ޝާނީޒް، 11،000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ.
- ދެ ވަނަ ހޯދި އަލީ އަޝްހަމް އަބްދުލް ހަމީދު 8،000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ.
- 3 ވަނަ ހޯދި އަހުމަދު އަލްވިން އައްސިދު ޒާހިރު 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ.
ޓެކްކެން މުބާރާތުން ވަނަ ހޯދި ފަރާތްތައް:
- ޗެމްޕިއަން: އަހުމަދު އަބާން، 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ.
- ދެ ވަނަ: އަމީލް އިސްމާއީލް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ.
- 3 ވަނަ: އަހްމަދު ޠާބިޝް، 2000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ.
އީ.އޭ.އެފް.ސީ.24 ފުޓްބޯލް ގޭމިން މުބާރާތުން ވަނަ ހޯދި ފަރާތްތައް:
- ޓޮޕް ސްކޯރާ އަދި ޗެމްޕިއަން: މުހައްމަދު އައިމަން އަހުމަދު، ޖުމްލަ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ.
- ދެ ވަނަ: އަބްޔާން އަލީ ނިހާދު، 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ
- ތިން ވަނަ: މުހައްމަދު ޒަމީލް ޒިހުނީ، 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ގެއަށް ގެންދަނީ
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް އިން ވަނަ ހޯދި ފަރާތްތައް:
- ޗެމްޕިއަން: 50،000 ރުފިޔާގެ ފައިސާގެ އިނާމާއި އެކު ޗެމްޕިއަން ކަން ހޯދައިފައިވަނީ ޓީމް އީޓޫއެސް ޓީއެމް7 އެވެ.
- ދެ ވަނަ: 20،000 ރުފިޔާގެ ފައިސާގެ އިނާމާއި އެކު ޗެމްޕިއަން ކަން ހޯދައިފައިވަނީ ޓީމް އީޓޫއެސް އަކަޓްސުކީ އެވެ.
- ތިން ވަނަ: 10،000 ރުފިޔާގެ ފައިސާގެ އިނާމާއި އެކު ޗެމްޕިއަން ކަން ހޯދައިފައިވަނީ ޓީމް އާރްޖީސީ ސިންޑިކޭޓް އެވެ.
- ހަތަރު ވަނަ: 5،000 ރުފިޔާގެ ފައިސާގެ އިނާމާއި އެކު ޓީމް އާރްޖީސީ ޑެނޯ.
- އެމްވީޕީ: 1500 ރުފިޔާގެ ފައިސާގެ އިނާމާއި އެކު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދާފައިވަނީ ޓީމް އީޓޫއެސް ޓީއެމް7 ގެ ހައިޝަމް ވަހީދު އެވެ.
މީގެ އިތުރަށް، އުރީދޫ އިން ބުނާ ގޮތުގައި މި ރަސްމިއްޔާތުގައި ވަނީ އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގެ ދަށުން ގޭމިން އެންޑް އީސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަ އެވޯޑުތަކެއް ދީފައެވެ. އެ އެވޯޑުތަކަކީ:
- ބެސްޓް ގޭމިން އޯގަނައިޒޭޝަން: އީޓޫއެސް ގޭމިން
- ބެސްޓް ސާވިސް އިން އީސްޕޯޓްސް: މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން (މެސާ)
- ޓޮޕް އެޗީވިން ކްލޭން: ރެޖިސައިޑް އީސްޕޯޓްސް
- ބެސްޓް ގޭމިން ކޮމިއުނިޓީ (ކޮންސޯލް އެންޑް ޕީސީ): އެޕެކްސްއެމްވީ
- ބެސްޓް ގޭމިން ކޮމިއުނިޓީ (މޮބައިލް): ޕަބްޖީއެމް ކޮމިއުނިޓީ
- އަހަރުގެ އެންމެ މޮޅު އީސްޕޯޓްސް ޓީމު: އާރްޖީސީ އޮޕެކްސް
- އެންމެ މޮޅު ޕަބްޖީއެމް ކުޅުންތެރިޔާ: މުހައްމަދު ހައިޝަމް ވަހީދު
- އެންމެ މޮޅު އެމްއެލްބީބީ ކުޅުންތެރިޔާ: ނަބީލް އައްބާސް
- އެންމެ މޮޅު އެފްސީ24 މޮޅު ކުޅުންތެރިޔާ: ޒަކްވާން ޝިހާދު
- އެންމެ މޮޅު އެފްޕީއެސް ކުޅުންތެރިޔާ: މުހައްމަދު ޝާއިފް
- އަހަރުގެ އެންމެ މޮޅު ކާސްޓާ: މުހައްމަދު ރައްޔާން މާހިރު
އުރީދޫ ނޭޝަން ގޭމާސް އެވޯޑް ގެ އެންމެ ޝަރަފުވެރި އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ކަމަށް އުރީދޫ އިން ހާމަކުރެއްވިއެވެ.
މި އެވޯޑް ތަކުގެ ތެރޭގައި ހިމެނެނީ:
- އެންމެ މޮޅު އީސްޕޯޓްސް ޕީސީ ކުޅުންތެރިޔާ: ހަސަން އަސީލް ރަޝީދު
- އެންމެ މޮޅު އީސްޕޯޓްސް މޮބައިލް ކުޅުންތެރިޔާ: އަހުމަދު މާހިލް މުހައްމަދު
- އެންމެ މޮޅު އީސްޕޯޓްސް ކޮންޓްރޯލާ ކުޅުންތެރިޔާ: މުހައްމަދު ޒަމީލް ޒިހްނީ
2023 ވަނަ އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ފަރާތްތަކާއި ޓީމްތަކާއި އީސްޕޯޓްސް ޖަމިއްޔާތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ އެވޯޑެކެވެ.
އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ގުޅާލުމުގައި ދެމިއޮންނާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އިތުރު ހިތްގައިމު ގޭމިން ފުރުސަތުތައް ތަނަވަސްކުރުމުގެ މަގުސަދުގައި ކަމަށް އުރީދޫ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް