ސިޔާސީ 6 ޕާޓިއަކަށް ފައިސާދޫކޮށްފި- ޕީޕީއެމް/ޕީއެންސީއަށް 18.04 މިލިއަން ރުފިޔާ

ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ ޕާޓީތަކަށް ފައިސާ ދޫކޮށްފިއެވެ. ޤާނޫނުގައިވާގޮތުގައި ސިޔާސީ ޕާޓި ތަކަށް ފައިސާ ދޫކުރަނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާ ދުވަހާ ހަމައަށް އެ ޕާ...

14 Jul 2024 | 09:14

ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ ޕާޓީތަކަށް ފައިސާ ދޫކޮށްފިއެވެ.

ޤާނޫނުގައިވާގޮތުގައި ސިޔާސީ ޕާޓި ތަކަށް ފައިސާ ދޫކުރަނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާ ދުވަހާ ހަމައަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި10،000 މީހުން ހަމަވާ ޕާޓީ ތަކަށެވެ. ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރަނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ0.01 އިންސައްތައަށްވާ އަދަދަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

މިގޮތުން ދައުލަތުގެ ބެޖެޓުން ފައިސާ ދޫކޮށްފައިވަނީ 6 ޕާޓީ އަކަށްށެވެ.

އިލެކްޝަން ކޮމިޝަން އިން ބުނީ، ދައުލަތުގެ ބަޖެޓު ހިނގަމުން މިދާ އަހަރަށް ފާސްކުރި އިރު ޑިސެންބަރު 13 ވަނަ ދުވަހަށް ޤާނޫނުގައިވާ އަދަދަށް މެނބަރުން ހަމަވެފައިވަނީ އެމް.ޑީ.ޕީ، ޕ.ީޕ.ީއެމް، ޖޭޕީ، ޕީ.އެން.ސީ، އެމް.ޑީ.ޕީ، އެމް.ޑީ.އޭ އަދި އަދާލަތު ޕާޓީގައި ކަމަށެވެ.

އިލެކްޝަންއިން ފުރަތަމަ ފައިސާ ދޫކޮށްފައިވާ ޕާޓިތަކުގައި ހިމެނެނީ، ޕީ.ޕީ.އެމް އާއި، ޖޭ.ޕީ އާއި، އޭ.ޕީ އާއި އެމްޑީއޭ އެވެ. މި ޕާޓީ ތަކަށް ފައިސާ ދޫކުރުމަށް މާލީ ވުޒާރާއަށް ފޮނުވައި ފައިސާ ދޫކުރިކަމަށް އިއުލާން ކޮށްފައިވަނީ އޭޕްރިލް މަހު 19 ވަނަ ދުވަހުއެވެ.  އެދުވަހު ވަނީ  އެމްޑީޕީއަށް ފައިސާ ދޫކުރުމަށްވެސް މާލީ ވުޒާރާއަށް ފޮނުވާފައެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ވިދާޅުވީ، ޕީއެންސީއަށާއި އެމްޑީޕީއަށްވެސް މިހާރު ވަނީ ފައިސާ ދޫކޮށްފައި ކަމަށެވެ.

މިގޮތުން އެމްޑީޕީއަށް ވަނީ ދައުލަތުގެ ބަޖެޓުން 15.1 މިލިއަން ރުފިޔާ ފޮނުވާފައެވެ.

ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ވަނީ 8.0 މިލިއަން ރުފިޔާ ފޮނުވާފައެވެ. އަދި ސަރުކާރުގެ ކޯލިޝަން ޕާޓީ ޕީޕީއެމްއަށް ވަނީ10.4 މިލިއަން ރުފިޔާ ފޮނުވާފައެވެ.

ޖުމްހޫރީ ޕާޓީއަށް ވަނީ5.3 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އަދާލަތު ޕާޓީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް