ސިއްރު-ފަސްވަނަ ބައި

ރޭގަނޑުގެ ފިނި ރޯޅިތަކުން ޖައްވު ވަނީ ފުރާލާފައެވެ. އުޑުމަތީގައިވާ ކުދި ކުދި ތަރިތަކުން ޖައްވު އޮތީ ޖަރީވެފައެވެ. އެ ރީތި ހިތްގައިމު މަންޒަރަކީ ބަލާ ފޫހި ނުވާނޭ މަންޒަރެކެވެ. ސާރާ އެކަނި މައި އެކަނި ޖ...

14 Jul 2024 | 09:14

ރޭގަނޑުގެ ފިނި ރޯޅިތަކުން ޖައްވު ވަނީ ފުރާލާފައެވެ. އުޑުމަތީގައިވާ ކުދި ކުދި ތަރިތަކުން ޖައްވު އޮތީ ޖަރީވެފައެވެ.

އެ ރީތި ހިތްގައިމު މަންޒަރަކީ ބަލާ ފޫހި ނުވާނޭ މަންޒަރެކެވެ. ސާރާ އެކަނި މައި އެކަނި ޖޯލީގައި އޮތީ އެެ މަންޒަރަށް ގެއްލި ހުސްވެފައެވެ. "ހާދަ ފުން ހިޔާލެއްގަ؟"އަފްޒަލް ސައިކަލުގައި އައިސް މަޑުކޮށްލަމުން ބުނެލިއެވެ.

"ނޫނޭ...ކަމަކުތަ ތި އައީ؟"

ސާރާ އެދިމާލަށް ބަލާލަމުން ި ހިނިތުން ވެލަމުން ބުންޏެވެ.

"ކަމަކު އެކަނިންތަ އަހަންނަށް ސާރާ ކައިރިއަށް އާދެވެނީ؟" އަފްޒަލް ރަކި ގޮތަކަށް ހީލަމުން ބުންޏެވެ.

އަފްޒަލް ސާރާއާ ޖެހިގެން އިން ޖޯލި ދޫކޮށްފަ އިށީދެލިއެވެ.

"އަސްލު ސާރާ ބަލާލީމަ އަހަންނަށް އިނގޭ ސާރާގެ ހިތުގައި ފޮރުވައިގެން އެބައުޅޭކަން ބައިވަރު ކަންކަން...ތި ލޮލުން އެބަ ބުނޭ އެހީއަކަށް ބޭނުންވާ ވާހަކަ" އަފްޒަލް ސާރާގެ ލޮލާ ލޯ ސީދާކޮށްލާފައި ބުންޏެވެ.

ސާރާ މަތި ބަލާލުމަށް ފުން ނޭވާއެއް ލިއެވެ.

"އަފްޒަލް އަދިވެސް ހަމަ އެހާ ޑްރާމާ ބޮޑޭދޯ..." ސާރާ ލުއި ލުއި ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

"ނޫނޭ ޑްރާމާއެއް ނޫން... ފޮރުވަން ނޫޅެބަ...އަހަަންނާ ޝެއާ ކޮށްބަ... އަހަރެން މީ ސާރާގެ ގާތް ރަހުމަތްތެރިއެއް...ބައެއް ފަހަރު ހިތުގަ ހުންނަ ހިތާމަތައް ހިއްސާކުރީމަވެސް ހިތަށް ލުޔެއް ލިބޭނެ..." އަފްޒަލް ބުންޏެވެ.

"އަހަރެންގެ ނުހުރޭ ގާތް މީހެއް... މިއޮށް ހާ ދުވަހުވެސް އަހަރެން މިއުޅެނީ އެކަނިން... ދެންވެސް އުޅޭނަން...އައި ޑޯންޓް ނީޑް އެއްވެސް މީހެއްގެ ސިންޕަތީ" ސާރާ ބުންޏެވެ.

"ސާރާ ރުޅި އައީތަ؟ ސޮރީ...އަހަންނަކަށް ނޭނގޭ މިރަށަށް އައި އިރުވެސް މާހިރުއަ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް