ލ. އަތޮޅު ކައުންސިލްގެ ނައިބުރައީސް އަދި ފޮނަދޫ ކައުންސިލްގެ ރައީސް ރިޔާޒް ޕީއެންސީއަށް

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް، ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ. ރިޔާޒް ޕީއެންސީ...

14 Jul 2024 | 09:14

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް، ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.

ރިޔާޒް ޕީއެންސީއަށް ސޮއި ކުރައްވާފައިވަނީ ރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރޭގެ އެ ރަސްމިއްޔާތުގައި ފޮނަދޫ ކައުންސިލްގެ ހުރިހާ މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ މެންބަރުން އަދި ފޮނަދުއަށް ނިސްބަތްވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސްޓިއަރިންގ ކޮމިޓީގެ ހުރިހާ މެންބަރުންވެސް ޕީއެންސީއަށް ސޮއިކޮށްފައިވެއެވެ.

އަހްމަދު ރިޔާޒަކީ މިހާރުގެ ދައުރު ހިމެނޭހެން ޖެހި ޖެހިގެން ތިން ދައުރު ރަށު ކައުންސިލްގެ ރައީސްކަން އަދި މި ދައުރުގައި އަތޮޅު ކައުންސިލްގެ ނައިބުރައީސްކަން އަދާކުރައްވަމުންގެންދަވާ ފަރާތެކެވެ.

ރޭގެ އެ ރަސްމިއްޔާތުގައި ފޯމުތައް ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ، ސީނިއަރ މިނިސްޓަރ އަބްދުއްރަހީމްގެ އިތުރުން ފޮނަދުއަށް ނިސްބަތްވާ ދައުލަތުގެ ދެ ވަޒީރުން ކަމުގައިވާ، ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް އާއި މާލީ ވަޒީރު މުހައްމަދު ޝަފީގް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް