އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލާ ގަރާރެއް މަޖިލީހަށް

އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ގަރާރު ހުށަހަޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއެވެ. އިޒްރޭލުން ފަލަސް...

14 Jul 2024 | 09:14

އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއެވެ.

އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލާ ފަލަސްތީނުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން އިޒްރޭލުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމާއި އިޒްރޭލާއި ރާއްޖެއާއި ދެމެދުގ އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑު ކުރުމަށްވެސް އެ ގަރާރުގައި ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް