ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވާއިފިއެވެ.
މި ދެ ބިލު ބަލައިގަތުމަށް ވަކިވަކިން ރިޔާސަތުން ވޯޓަށް އެހުމުން، ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓުންނެވެ. އެހެންކަމުން، ދެ ބިލު ވެސް ދިރާސާކުރުމަށް ރިޔާސަތުން ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާލައިފައެވެ.
މި ދެ ބިލުގެ ތެރެއިން ފިސްކަލް ޒިންމާގެ ބިލު ހުށަހަޅާފައިވަނީ ދައުލަތުގެ ފިސްކަލް ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ފިސްކަލް ޕޮލިސީ ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.
ދަރަންޏާ ބެހޭ ބިލުގައި ދައުލަތުގެ ދަރަނި ނަގައި މެނޭޖުކުރުމާ ބެހޭ އުސޫލުތަކާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިން ގެރެންޓީ ދޫކުރުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މި ދެ ބިލުގެ ބޭނުމަކީ، ގައުމުގެ އިގްތިސޯދީ ފުދުންތެރިކަމާއި ދައުލަތުގެ މާލީ ނިޒާމް ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތްތައް ހޯދައި ކަށަވަރުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް