އެލައިޑް އިންސުއަރަންސްގެ އަޔާދީ ތަކަފުލްގެ ހޯމް ކޮންޓްނެޓް ތަކަފުލް ޕްލޭން ހިޔާކުރައްވައިގެން 50 އިންޗީގެ ޓީވީއެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތާއި ގުޅޭގޮތުން އެލައިޑުން ބުނެފައިވާގޮތުގައި ހޯމް ކޮންޓެންޓް ޕްލޭން އޮންލައިންކޮށާއި އެލައިޑްގެ މޯބައިލް އެޕް މެދުވެރިކޮށް އަދި އެލައިޑްގެ މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް ހިޔާރު ކުރެއްވުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ.
އެލައިޑުން އެދެނީ މި ޕްލޭން ހިޔާރުކުރެއްވުމަށްފަހު އެލައިޑްގެ ފޭސްބުކް ޕޭޖްގައިވާ މި ފުރުސަތާއި ގުޅޭ ޕޯސްޓް އެލައިޑް އަދި އަޔާދީ ތަކަފުލްގެ ރަސްމީ ފޭސްބުކް ޕޭޖް ޕަބްލިކްކޮށް ޓެގްކޮށް ސޯޝަލް މީޑިއާގައި ޝެއަރ ކުރުމެވެ.
އެ ދެކަން ފުރިހަމަކޮށްލައިގެން 50 އިންޗީގެ ޓީވީއެއް ލިބޭ މި ޕްރޮމޯޝަންގައި ބައިވެރިވެލެއްވޭނެ ކަމުގައި އެލައިޑުން ބުނެއެވެ.
އެލައިޑްގެ ހޯމް ކޮންޓެންޓް ޕްލޭނަކީ ގެދޮރުގެ ފަރުނީޗަރާއި އަދި އެހެނިހެން އަގުބޮޑު މުދާ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ވައްކަމާއި ކާރިސާގެ ހާލަތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންސުއަރަންސް ޕްލޭނެކެވެ. މި ޕްލޭންގެ އަގަކީ އަހަރަކު ހަމަ އެންމެ 200 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް