"އެފްއެސްއެމްގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން ރީޔޫސަބަލް އިކޯ ބޭގެއް ތައާރަފް ކޮށްފިއެވެ.
ތިމާވެށި"ގެ ނަން ދީފައިވާ މި ކޮތަޅާއި ބެހޭ ގޮތުން އެ ކުންފުނިން ބުނީ މިކަމަށް ހިތްވަރު ލިބުނީ އެއްފަހަރު ބޭނުންކޮށްފައި، އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ކަމަށެވެ.
މިއީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކޮށް، ތިމާވެއްޓާ ރައްޓެހި އިތުރު ގޮތްތައް ތައާރަފް ކުރުމަށާއި އުފެއްދުމަށް ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެއް ކަމުގައި ވެސް އެފްއެސްއެމް އިން ބުނެއެވެ.
މީގެ އިތުރުން އިކޯ-ބޭގް ދެ ސައިޒަކަށް ލިބެން ހުންނާނެ ކަމަށާއި މިގޮތުން ބޮޑު ސައިޒު ފަސޭހައިން ޕޮކެޓް ސައިޒަށް ފޯލްޑްކޮށްގެން ފަސޭހައިން ބޭނުންކުރެވޭނެ ކަަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެފްއެސްއެމް އިން ބުނީ މި ކޮތަޅުތައް ސްކޫލްތަކާއި އެންޖީއޯތަކަށާއި ކުންފުނިން އެހެންފަރާތްތަކާއި ބާއްވާ ގުޅުމުގެ ތެރެއިން، ބެހުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށްވެސް އެފްއެސްއެމްއިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް