މާލޭގައި ދޫނިކޮށްޓަކަށް ދެމީހަކު ލައި ބަންދުކޮށްގެން އުޅުނު މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު އެ މަންޒަރު ފެންނަ ވީޑިއޯއެއް އަދި އެކަމާ ގުޅޭ އިތުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން ފެންނަނީ ކޮށީގައި ބަންދުކޮށްފައިތިބި ދެމީހުންގެ ތެރެއިން އެކަކު ކޮޅަށް އަނެކަކު އިށީނދެ އިންނަ މަންޒަރެވެ. ދެމީހުންވެސް އަންނައުނުން މަތީބައި ނެތެވެ. "ފައިސާ އަނބުރާ ދޭނެކަމުގެ 100 އިންސައްތަ ގެރެންޓީ ދޭ އަޑު" ވީޑިއޯއިން އިވެއެވެ.
އަނެއް ވީޑިއޯއިން ފެންނަނީ ކޮއްޓާ ދިމާއަށް ފެން ޖަހާ މަންޒަރެވެ. ބެލެވޭގޮތުގައި ފެން ޖަހަމުންދިޔައީ އެމީހުންގެ ގަޔަށެވެ.
މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ. އެ ދޫނިކޮށިތަކަކީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަދާފައި ހުރި ދޫނިކޮށިތަކެކެވެ. އާޓިފިޝަލް ބީޗުގެ ވަކި ސަރަހައްދެއްގައި ދޫންޏާއި ކުކުޅު ގެންގުޅެމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް