މާރަންދޫ ކައުންސިލްގެ ނައިބު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހއ. މާރަންދޫ ނައިބު ރައީސް ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެއެވެ. ރަމީޒު ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔައީ މާރަންދޫ ފުޓުބޯޅަ މެޗެއް ކުޅެމުން ދަނިކޮށް މާބޮޑަށް ވަރުބަލިވާތީވެ މެޗުން ފޭބުމަށްފަހު ހޮޑުލައ...

13 Jul 2024 | 20:28

ހއ. މާރަންދޫ ނައިބު ރައީސް ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.

ރަމީޒު ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔައީ މާރަންދޫ ފުޓުބޯޅަ މެޗެއް ކުޅެމުން ދަނިކޮށް މާބޮޑަށް ވަރުބަލިވާތީވެ މެޗުން ފޭބުމަށްފަހު ހޮޑުލައި ހާލު ދެރަވުމުގެ ސަބަބުންނެވެ. ރަމީޒު ނިޔާވެފައި ވަނީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރަމީޒަކީ އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ މެންބަރެކެވެ. އެ ޕާޓީން ވަނީ ރަމީޒުގެ ކުއްލި ވަކިވުމާއި ގުޅިގެން ރަމީޒުގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ރަމީޒަކީ މީހުންނާ ގުޅޭ، ކަންކަމުގައި އިސްވެ ހަރަކާތްތެރިވާ މީހެކެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތައް ދަނީ އިތުރުވަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް