މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ކުރީގެ ރައީސް ޑިމޮކްރެޓްސް އާއި ރޭ ގުޅިވަޑައިގެންނެވި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީށް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ، ކަށިކެޔޮ ގަނޑެއްހެން އެ ޕާޓީގެ ފޫވައް މިހާރު ވެއްޓިފައިވާކަމަށާއި އެ ޕާޓީ ދަ ޑިމޮކްރެޓްސް އިން ރޫޅާލައްވާނެ ކަމަށެވެ.
ރޭގެ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެއްދި މައިގަނޑު އަމާޒަކީ ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ ތެރެއިން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ކަމަށާއި އެހެން ނަމަވެސް އެ އުސޫލުތަކާއި ހަމަތައް އެމްޑީޕީން ގެއްލުވާލާފައިވާކަމަށެވެ. އަދި ޑިމޮކްރެޓްސް އުފައްދަން މަޖުބޫރިވީ އެ ހަމަތައް ހިފެހެއްޓުމުގެ ބޭނުމުގައި ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ދޫކޮށް، މާއްދީ ތަނަވަސްކަމާއި ގޮތް ދޫކޮށް އެންމެން ޑިމޮކްރެޓްސް އާ ގުޅުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި އުޅުމަށްފަހު އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ކުރިން އިއުލާނުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް