ރާއްޖެ ވަޑައިގެންނެވި ގޮތާބޭ ރާޖަޕްކްޝަޔާއިމެދު ދިވެހި ސަރުކާރުން ކަންތައްކުރި ގޮތަށް، އައްސަރިބަހާއި ސާބަސް ރައްދުކުރައްވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ގޮތާބޭ އިސްތިއުފާގެ ވާހަކަ ހިމެނޭހެން ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދުގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގައުމުގައި ހުންނެވިނަމަ އިސްތިއުފާ ނުދެއްވީސްކަމުގައި ދެކެލައްވާކަމަށާއި ގޮތާބޭގެ ފުރާނަފުޅަށް އޮތް ނުރައްކާ އެއީ އެކަމުގެ އެއް ސަބަބުކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
"ސްރީ ލަންކާގެ ރައީސް އިސްތިއުފާ ދެއްވައިފި، ދެން އެ ގައުމަށް ކުރިއަށްދެވިދާނެ" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ގޮތާބޭ ގައުމުން ފިއްލަވައިގެން މީގެ ދެ ރޭ ކުރިން ފުރަދަންވަރުގައި ރާއްޖެ ވަޑައިގެންނެވީ ގައުމުގެ ހާލަތު ބޮއްސުންލުމުން އާންމުން ނިކުމެ އެމަނިކުފާނުގެ އޮފީސް ހިސޯރުކުރުމުންނެވެ.
https://twitter.com/MohamedNasheed/status/1547583437602979841
ރާއްޖެ ވަޑައިގެންނެވުމަށްފަހު މިހާރު ގޮތާބޭ ވަނީ ސިންގަޕޫރަށް ވަޑައިގެެންފައެވެ. އިސްތިއުފާ އެ ދެއްވީ ސިންގަަޕޫރުގައި ހުންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް