ގޮތާބޭއަށް ހިމާޔަތެއް ނުދެން، އެކަމަށް ނުވެސް އެދޭ: ސިންގަޕޫރު !

ގައުމަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު މިހާރު ސިންގަޕޫރަށް ވަޑައިގެންފައިވާ، ސްރީ ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔައަށް ހިމާޔަތް ދީފައިނުވާނެ ކަމަށާއި އެފަދަ ކަމަކަށް ގޮތާބޭ ނުވެސް އެދޭކަ...

14 Jul 2022 | 12:48

ގައުމަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު މިހާރު ސިންގަޕޫރަށް ވަޑައިގެންފައިވާ، ސްރީ ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔައަށް ހިމާޔަތް ދީފައިނުވާނެ ކަމަށާއި އެފަދަ ކަމަކަށް ގޮތާބޭ ނުވެސް އެދޭކަމަށް ސިންގަޕޫރު ފޮރިން މިނިސްޓްރީން ބުނެފައިވާކަމަށް ސިންގަޕޫރުގައި ގާއިމުވެތިބޭ ނޫސްވެރިން ބުނެފިއެވެ.

އެގޮތުން ޗެނަލް ނިއުސް އޭސިއާގެ ސީނިއަރ ޖާނަލިސްޓް، މެތިއު މޮހަން ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބުނެފައިވަނީ ގޮތާބޭ ސިންގަޕޫރަށް އެ ކުރެއްވީ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ. ހިމާޔަތް ދީފައިނުވާކަމަށާއި ހިމާޔަތަށް ގޮތާބޭ އެދިފައިވެސް ނުވާކަމަށެެވެ.

މީގެ ކުރިން އަޑު ފެތުރިފައި އޮތީ ގޮތާބޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ ސިންގަޕޫރުން އެމަނިކުފާނަށް ހިމާޔަތްދޭނެކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. ނަމަވެސް އަލަށް މި ލިބުނު މައުލޫމާތާއެކު ގޮތާބޭގެ ރަސްމީ މަންޒިލަކީ ސިންގަޕޫރު ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް