ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއެކު މަޝްހޫރު ޓިކްޓޮކަރ ނަދީ ޓިކްޓޮކްތަކެއް ކުޅެފިއެވެ.
އެގޮތުން މިއަދުގެ ހަވީރުގެ ވަގުތެއްގައި ނަދީ ވަނީ ޖާބިރާއެކު ފެންނަ ތިން ވީޑިއޯއެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.
ފުރަތަމަ ވީޑިއޯގައި ޖާބިރާއިއެކު ނަދީ ސަލާމްކުރާ މަންޒަރު ފެންނައިރު މިއުޒިކްގެ ގޮތުގައި އެ ވީޑިއޯއަށް ނަދީ ހިޔާރުކޮށްފައިވަނީ "އިންސާފަކީ ކޮބާ" މި ލަވައެވެ.
https://www.tiktok.com/@nadhyy5/video/7120178041967365377
ދެވަނަ ވީޑިއޯގައި ޖާބިރު ނަދީގާތު ވިދާޅުވަނީ ވަރަށް ކުރުކޮށް ބުނުމަށެވެ. ނަދީ ބުނަނީ "ނައިފަރުން 2023 ޑީއާރުޕީގެ ލީޑަރު، ޖާބިރު، އަބްދުﷲ ޖާބިރު" ކަމަށެވެ.
އުފަލުން ހުންނަވައި ޖާބިރު ނަދީއާ ސަލާމްކުރެއްވުމަށްފަހު ވިދާޅުވަނީ ނައިފަރުގެ ނޯޖަވާން އަންހެނުން ޖާބިރާއެކުގައި ތިބީތީ ވަރަށް އުފާވެއްޖެ ކަމަށެވެ.
ޖާބިރާއެކު ނަދީ ކުޅެފައިވާ ތިންވަނަ ވީޑިއޯގައި ނަދީގެ ބުރުގާގެ ދެ ކަނަށް ދެމުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް