ޝިފާގެ ޕާސްޕޯޓު ހިފަހައްޓައިފި

ޓިކްޓޮކާއި ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ދުވަސް ނޫހަށް މިކަން ކަށަވަރުވެފައިވީނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން އަދިހާމައެއް ނުކުރެއ...

14 Jul 2022 | 11:21

ޓިކްޓޮކާއި ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ދުވަސް ނޫހަށް މިކަން ކަށަވަރުވެފައިވީނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން އަދިހާމައެއް ނުކުރެއެވެ.

ޝިފާގެ ޕާސްޕޯޓު ހިފަހައްޓާފައިމިވަނީ ސޯޝަލް މީޑިއާގައި މިފަހުން ވައިރަލްވި ވީޑިއޯތަކާއި ގުޅިގެން ފުލުހަށް ހާޒިރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝިފާކަމަށް ބެލެވޭ އަންހެންކުއްޖަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ޝިފާ ވަނީ ފުލުހަަށް ވެސް ހާޒިރުކޮށްފައެވެ.

ޝިފާކަމަށް ބެލެވޭ އަންހެންކުއްޖާގެ އެ ވީޑިއޯތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާއިރު، އޭނާ ރާއްޖެ ދޫކޮށް ދިޔަ ކަމަށް ވެސް ޚަބަރުތައް ވަނީ ފެތުރުފައެވެ. ނަމަވެސް މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް އެކިރަށްރަށުގައި ކުރިއަށް ގެންދިޔަ ނެށުމުގެ ހަރަކާތްތަކުގައި ބައެއް ރަަށްރަށުން ޝިފާ ވަނީ ފެނިފައެވެ.

އެގޮތުން މާލެއަތޮޅު ދިއްފުށީގައި ބޭއްވި ޢީދު ޝޯވ ގައި ޝިފާ ނަށަން އެރުމުން ޝޯވ ބަލަންތިބި މީހުންގެ ނުރުހުން އަމާޒުވެފައިވެއެވެ. އަދި އޭނާ ވަނީ ދިއްފުށިން ފުރުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް