ދިޔަވަރު ބޮޑުވާ ވަގުތުގައި މިއަދުވެސް ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދައަރާފާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮޮރޮލޮޖިކަލް ސާވިސް އިން މިކަމަށް މިއަދު އިލްތިމާސްކޮށްފައިވާއިރު އުދަ އަރާފާނެކަމަށް މިހާރު ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
ހުދު ސަމާލު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. ސަމާލު ނެރެފައިވަނީ މެންދުރުން އަނބުރާ 01:30 އާއި ހަވިރު 5:30 އާއި ދެމެދުގެ ވަގުތަށެވެެ.
ދެކުނަށް އުދައަރާފާނެކަމަށް އިއްޔެވެސް މެޓުން ބުންޏެވެ. އަދި ބައެއް ރަށްރަށަށް އުދަ އަރާފައިވެސްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް