ސްރީ ލަންކާގައި ހުއްޓުމެއްނެތި ކުރިއަށްދާ މުޒާހަރާތަކުގައި ބަޑިއަކާއި ވަަޒަންތަކެއް މުޒާހިރީންގެ އަތަށް އަރައިފިކަމަށް ލަންކާ މީޑީއާއިން ރިޕޯޓުކޮށްފިއެވެ.
އެގޮތުން ލަންކާގެ ނިއުސްވަޔާއިން ރިޕޯޓްކޮށްފައިވާގޮތުގައި ޓީ-56 މަރުކާގެ ބަޑިއަކާއި 60 ވަޒަން ހިމެނޭހެން ދެ މެގަޒިން ވަނީ މުޒާހިރީންގެ ތެރޭން ބަޔަކު ފޭރިގެންފައެވެ.
މިކަމެއް ހިނގީ ގާނޫނު ހަދާ މަޖިލސް ކައިރިން ކަމަށާއި ބަޑިއާއި ވަޒަން މުޒާހިރީންގެ އަތަށް އެރީ އެ ސަރަހައްދުން ފައުޖީއަކު ޒަހަމްކޮށްލި ކޮށްލުމުގެ ތެރޭގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ހާލަތު ބޮއްސުންލާފައިވާ ލަންކާގައި މިއަދުވެސް މުޒާހަރާތައް ވަރަށް ވަރުގަދަވާނެކަމަށް ލަފާކުރެވެއެވެ.
އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވި ރައީސް ގޮތާބޭ އަދިވެސް އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވި ބޮޑުވަޒީރު ރަނިލް އިއްޔެ ވަނީ އިންތިގާލީ ރައީސްކަމާއި ހަވާލުވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް