ހިތުގެ ބަލީގެ މީހެއްގެ އެންޓިރިއަރ ކްރޫޝިއޭޓް ލިގަމެންޓް ސާޖަރީއެއް ޓްރީޓޮޕުން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން އޭ.ސީ.އެލްގެ އުނދަގޫ ސަރޖަރީއެއް ފުރިހަމަކޮށްފިއެވެ. އެންޓިރިއަރ ކުރޫޝިއޭޓް ލިގަމެންޓް ނުވަތަ އޭ.ސީ.އެލް އަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރ...

14 Jul 2022 | 02:56

ޓްރީ ޓޮޕް ހޮސްޕިޓަލުން އޭ.ސީ.އެލްގެ އުނދަގޫ ސަރޖަރީއެއް ފުރިހަމަކޮށްފިއެވެ. އެންޓިރިއަރ ކުރޫޝިއޭޓް ލިގަމެންޓް ނުވަތަ އޭ.ސީ.އެލް އަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. އާއްމުކޮށް މި ލިގަމެންޓް ހަލާކުވަނީ ދުވުންތެރިން އަދި ފުޓްބޯޅަކުޅުންތެރިންފަދަ ކުޅިވަރު ކުޅޭ ފަރާތްތަކަށެވެ.

ސްވިޓްޒަރލޭންޑަށް ނިސްބަތްވާ 19 އަހަރުގެ ލީއެން ގްލައުސަރ އަކީ ކޮމްޕްލެކްސް ސައިޔަނޮޓިކް ހާރްޓް ޑިސީސް ނުވަތަ ހިތުގެ ބަލި  ޖެހިފައި ހުންނަ މީހެކެވެ. ވިހެއިރުއްސުރެއް ލީއެންނަށް ޖެހިފައިވާ ސައިޔަނޮޓިކް ހާރްޓް ޑިސީސް އަކީ ހިތުގެ ހުރި އުނިކަމެއްގެ ސަބަބުން ހަށިގަނޑެ އޮކްސިޖަން ދައުރުވާވަރު މަދުވުމަށް މެދުވެރިވާ ބައްޔެކެވެ. ސައިއަނޯސިސްގެ ސަބަބުން މީހާގެ ހަމުގެ ކުލަ ނޫކުލައަށް ބަދަލުވެއެވެ.

ލީއެން އަކީ ފުޓްބޯޅަކުޅުމަށް ޝައަގުވެރިކަން ހުންނަށް މީހެކެވެ. ލީއެންގެ އޭ.ސީ.އެލް އަށް 2021 ގައި ފުޓްބޯޅަ މެޗެއް ކުޅުމުގެ ތެރޭގައި އަނިޔާވިއެވެ. ލީއޭން ފުރަތަމަ ހީކުރީ އެއީ ކުޑެ ސްޕްރެއިންއެއް ކަމަށް، ނަމަވެސް ފަހުން ފަޔަށްވެފައިވާ އަނިޔާއަކީ ކަކުލަށް ހުޅަށްވެފައިވާ ބޮޑު އަނިޔާއެއްކަން އިގުނެވެ.

ޑޮކްޓަރަށް ދެއްކުމުން އަނިޔާއަކީ ކިހާވަރެއްގެ އަނިޔާއެއްތޯ ލީއެން ބެލުމުން، ކަކުލުގެ މައި ލިގަމެންޓް، އޭސީއެލް ،ވަނީ އިރައިގެން ގޮސްފައެވެ.

ލީއެން ޓްރީ ޓޮޕް ހޮސްޕިޓަލުން އޭސީއެލް ރީކޮންސްޓްރަކްޝަން ފުރިހަމަ ކުރީ ތަޖުރިބާކާރު ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓަންޓް ޑރ. ކަނިރާޖް މަރިމުތުގެ ލަފާގެ ދަށުންނެވެ.

"އަހަރެންގެ ހުންނަ ހިތުގެ ބަލީގެ ސަބަބުން ސަރޖަރީއެއް ފުރިހަމަ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް، ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުގެ އެހީއާއިއެކު މި ސަރޖަރީގެ ހުރިހާ ކަންތައްތައް ކުރިއަށްދިޔައީ ވަރަށް ފުރިހަމަކަމާއިއެކު" ލީއެން އުފަލާއިއެކު ހިއްސާކުރިއެވެ. ސަރޖަރީގެ ކަމިޔާބީއާއިއެކު ލީއެން ހުރީ އަނބުރާ ކުޅެން ދިއުމަށް ތައްޔާރަށެވެ.

މި ސަރޖަރީގައި އެންމެ އިސްކޮށް އުޅުއްވި ޑރ. ކަނިރާޖް މަރިމުތު ހިއްސާކުރެއްވި" އޭ.ސީ.އެލް ސަރޖަރީ އަކީ އާންމުކޮށް ކުރާ ސަރޖަރީއެކެވެ. ނަމަވެސް މި ސަރޖަރައަކީ ލީއެންގެ ހުންނަށް ހިތުގެ ބަލީގެ ސަބަބުން އުނދަގޫ ސަރޖަރީއެކެވެ. ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޭނައްތާ އަދި ހިތުގެ ބަލީގެ ޑޮކްޓަރުންގެ އެހީއާއި އެކު ސަރޖަރީ އެއްވެސް މައްސަލައެއްނެތި ފުރިހަމަކުރެވުނު، ސަރޖަރީ ކުރުމަށްފަހު ސަރޖަރީ ހެދި ދުވަހުގެ ހަވީރު ލީއެން ވަނީ ހިނގަންފަށާ ރަނގަޅު ކުރިއެރުމެއް ދައްކާފައެވެ. އަހަރެންގެ އުންމީދަކީ ލީއެން ފުޓުބޯޅަ ދަނޑަށް ކުޅިވަރު ކުޅުމަށް އަނބުރާ ދެވޭނެކަމަށެވެ"

ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރު ކަނީރާޖް މަރިމުތު އަކީ ޖޮއިންޓް ރިޕްލޭސްމަންޓް ސަރޖަރީ، ސްޕޯރޓްސް މެޑިސިން ސަރޖަރީ، ކޮނޑުގެ ސަރޖަރީ އަދި ކަކުލުގެ  ސަރޖަރީ ކުރުމަށް ހާއްސަ ކޮންސަލްޓެންޓެކެވެ. ޑރ ކަނީރާޖް އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވަނީ އިންޑިއާގެ މަޑްރާސް މެޑިކަލް ކޮލެޖުންނެވެ. އަދި އޯރތޯޕީޑިކްސް ދާއިރާއިން ތަމްރީން ފުރިހަމަކޮށްފައިވަނީ އިންޑިއާގެ ސަވައި މަން ސިންގް މެޑިކަލް ކޮލެޖުގެ އޯރތޯޕީޑިކްސް ޑިޕާރޓްމެންޓުގައެވެ. މި ތަމްރީނު ފުރިހަމަ ކުރުމުގެ ތެރޭގައި "އޯލް އިންޑިއާ ބެސްޓް ރެސިޑެންޓް އޯރތޯޕީޑިކް ސަރޖަން އެވޯރްޑް" ބޮމްބޭ އޯރތޯޕީޑިކް ސޮސައިޓީއިންވަނީ ޑރ ކަނިރާޖް ހާސިލްކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕީޓަލުގެ އޯރތޯޕީޑިކް ސްޕެޝަލިސްޓުންނަކީ ތަޖުރިބާކާރު މާހިރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު މަޢުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected]  އަށް އީމެއިލް ކުރެއްވުން ޓްރީ ޓޮޕުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް