ހައްޖު ސީޒަން ނިމި ހައްޖުވެރިން އެނބުރި ގައުމަށް ދަތުރު ކުރަން ފަށާފައިވާއިރު، އުމްރާ ސީޒަން މި މަހުގެ 30 ގައި ފެށޭނެ ކަމުގައި ސައޫދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ.
އެގޮތުން ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އިއްޔެ އިއުލާނުކޮށްފައިވާގޮތުގައި އުމްރާ ސީޒަން ޖުލައި 30 (މުހައްރަމް 1 1444( ގައި ފެށޭނެއެވެ. އަދި އުމްރާ ވިސާއަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އުމްރާ ސީޒަނަށް ހުޅުވާލާއިރު މި އަހަރުގެ ހައްޖަކީ ކާމިޔާބު ހައްޖެއް ކަމުގައި ސައޫދީ އަރަބިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް