ރާއްޖެއިން އިތުރު 73 މީހުން ކޯވިޑް-19 އަސް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ. އެގޮތުން 46 މީހަކު މީހުން ދިރިއުޅޭ ރަށްތަކުން ޕޮސިޓިވްވެފައިވައިރު މާލެއިން ޕޮސިޓިވްވެފައިވަނީ14 މީހުންނެވެ.
މިއަދު ރިސޯޓުތަކުން ޕޮސިޓިވްވީ ނުވަ މީހުންނެވެ. ދެން ޕޮސިޓިވްވީ ސަފާރީތަކުން ޕޮސިޓިވްވި ތިން މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 6،715 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،501 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 16 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 72،678 އަށް އަރާފައި އެވެ.
އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 214 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 75،405 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް