އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މާލެއިން ބިމެއް ބައްލަވައިގެންފި އެވެ.
އަމްރު ބައްލަވައިގެންފައިވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާ ހަބީބާ ހުސައިން ހަބީބުގެ ނަމުގައި އޮތް ގ. ވައިލެޓް އަބީރު އެވެ. އެ ބިން އަމީރު ބައްލަވައިގަތީ8.4 މިލިއަން ރުފިޔާ އަށެވެ.
އެއީ 1183.7 އަކަފޫޓުގެ ބިމެކެވެ. ބިން ގަތުމުގެ މުއާމަލާތް ސިވިލް ކޯޓު މެދުވެރިކޮށް ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ގ. ވައިލެޓް އަބީރު ވިއްކާލުމަށް ކޯޓުން ހުއްދަ ދިނީ ހަބީބާގެ ދަރިފުޅު އިބްރާހީމް ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ. މާންދޫވިލާގައި ހަބީބާ އަށް ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ލިޔުމުން ޒުބައިރު ދެއްވުމުންނެވެ.
ބިމުގެ އަގު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ހަބީބާ ވަނީ ޝަރީއަތަށް ބަޔާނެއް ވެސް ދެއްވާފަ އެވެ. އެހެންވެ ގ. ވައިލެޓް އަބީރުގެ މިހާރުގެ މިލްކުވެރި ފަރާތަކީ އަމުރު ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަމުރު ބިމެއް ބައްލަވައިގެންފައި މިވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ބިމާ ބެހޭ ގާނޫނުގެ ދަށުން ކުރިން ވިއްކަމުން ދިޔަ ބިންތަކުން ދައުލަތަށް ނަގަމުން ދިޔަ ޓެކްސް ދައްކަން ނުޖެހޭ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް