ސިޔާސީ ޕާޓީ އެއް އުފައްދަން ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ފޯމު ބާތިލު ކަމަށް ކަނޑައަޅައިފި އެވެ.
އިކެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ކަމާލުއްދީންގެ ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ އޭނާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހެޅި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވަނީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި އެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދޭ މީހާ އަކީ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވެ އެވެ. އީސީން ބުނީ އަބްދުﷲ ކަމާލުއްދީން އަދިވެސް ހުންނެވީ އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި އެވެ.
https://twitter.com/ElectionsMv/status/1415276932325732355
އަމިއްލަ ޕާޓީއެއް އުފެއްދުމަށް އީސީ އަށް ފޯމު ހުށަހެޅުއްވުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް ހުރި ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރުމަށް އޭނާއާ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ޕާޓީއެއް އުފައްދަން ނިންމީ ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ.
އަބްދުﷲ ކަމާލުއްފީން މީގެ ކުރިން ޑީއާރުޕީގައި މަސައްކަތް ކުރައްވާފައިވާއިރު ފަހުން ޖޭޕީގައިވެސް އުޅުއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް