އީދު ބަންދަށް ވެކްސިން ޖެހުން މެދުކަނޑާލަނީ

ކޯވިޑް-19 އިން ދިފާއުވުމަށް ފަށާފައިވާ ވެކްސިން ޕްރަގްރާމް ކުރިއަށް އޮތް ބޮޑު އީދު ބަންދަށް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. އެޗ...

14 Jul 2021 | 14:15

ކޯވިޑް-19 އިން ދިފާއުވުމަށް ފަށާފައިވާ ވެކްސިން ޕްރަގްރާމް ކުރިއަށް އޮތް ބޮޑު އީދު ބަންދަށް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ މިއަދު ވިދާޅުވީ ކޯވިޑް ވެކްސިން ޕްރަގްރާމް މި މަހުގެ 18 ވަނަ ދުވަހު މާލެ ސަރަހައްދުގައި މެދުކަނޑާލާނެ ކަމަށެވެ. ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އަދި 20 ވަނަ ދުވަހަކީ އަލްހާ އީދު ދުވަހެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޕްރަގްރާމް މެދުކަނޑާލުމަށް ފަހު ދެން ވެކްސިން ޖަހަން ފަށާނެ ވަކި ތާރީހެއް އަދި ނިންމާފައި ނެތް ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި ތާރީހެއް ފައިނަލްވުމުން އެކަން އާންމު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ގިނަ ބަޔަކު ކޮވީޝީލްޑްގެ ފުރަތަމަ ޑޯޒު ޖަހައި، ދެވަނަ ޑޯޒުގެ އިންތިޒާރުގައި ތިއްބައި ވެކްސިން ނެތިގެން ދެވަނަ ޑޯޒު ޖެހުން މެދުކަނޑާލި އެވެ. އޭރު ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ އޮތީ ވެފަ އެވެ.

މިހާޜު އަލުން ކޮވިޝީލްޑް ވެކްސިނާއި އެކު ސިފޮފާމް އަދި ފައިޒާ ވެކްސިން ދަނީ ޖަހައިދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް