ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކާއި އެކު އެގްރިމެންޓުގައި ސޮއި ކުރަން ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއަދު ސޮއި ކުރަމުންދަނީ ޓަވަރު އެޗް9 ން ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެގްރިމެންޓުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުން ކަމަށެވެ. އެޗްޑީސީން ބުނީ މި މަސައްކަތުގެ ދަށުން ވަރަށް ގިނަ ބަޔަކާއި މުއާމަލާތްކޮށް އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭތީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ކަމާއި އެކު ސޮއި ކުރެވޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށެވެ.
މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 118 ފަރާތަކާއި އެކު އެވެ. އެޗްޑީސީން ބުނީ މިއަދު ސޮއި ކުރި މި ފަރާތްތަކަކީ މިމަހުގެ12 ވަނަ ދުވަހުގެ މެންދުރު ފަހާއި ހަމައަށް މައުލޫމާތު ފޯރުކޮށްދީފައިވާ މީހުންކަމަށެވެ.
އެއްވެސް ހާލަތެއް ދިމާވެގެން ފޯމު ހުށަހެޅުން ލަސްވާ ފަރާތްތަކަށް ސޮއި ކުރުމުގެ އިންތިޒާމް ފަހުން ހަަމަޖައްސައިދޭނެ ކަމަށެވެ.
މިހާރު ތާވަލު ކުރެވިފައިވާ ގޮތުން ހުރިހާ ކެޓަގަރީތަކެއްގެ އެގްރިމެންޓުގައި ސޮއިކޮށް ނިމޭނީ އަންނަ މަހުގެ 15 ދުވަހު އެވެ.
މި މުއްދަތުގައި 6،720 ފްލެޓު ލިބުނު މީހުންނާއި އެކު އެގްރިމެންޓުގައި ސޮއި ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް