ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަންޖެހޭ އާބާދިގެ 50 ޕަސެންޓު މީހުން ދެ ޑޯޒު ޖަހައިފި

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ކަނަޑާއަޅާފައިވާ އާބާދީގެ 50 ޕަސެންޓު މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވަނީ ރާއްޖޭގ...

14 Jul 2021 | 12:09

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ކަނަޑާއަޅާފައިވާ އާބާދީގެ 50 ޕަސެންޓު މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވަނީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ކޯވިޑް ވެކްސިން ދޭ ގޮތަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެގެ ނިޔަލަށް ރާއްޖެއިން 242،370 މީހުންނަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވެކްސިން ޖަހަންޖެހޭ އާބާދީގެ 50 ޕަސެންޓު ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެއީ ވަރަށް އުވާފެރި ކަމެއް ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 6،755 މީހުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން 3،000 އަށްވުރެ ގިނަ މީހުންނަކީ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު މިހާތަނަށް ރާއްޖޭގައި ޖަހާފައިވަނީ 319،378 މީހުންނެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ދެމުން ދަނީ ކޮވިޝީލްޑާއި، ސިނޮފާމް އަދި ފައިޒާ ވެކްސިން އެވެ. މީގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ދެމުން ދަނީ ސިނޮފާމް ވެކްސިން އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް