މާގިނައިން މީހުން ރަށްރަށަށް ދާން ސާމްޕަލް ނަގާތީ ނަތީޖާ ލިބުން ލަސްވެދާނެ!

އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުން ގިނަވެ ކޯވިޑް ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބުން ލަސްވެދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިދިޔަ ހަފްތާގައި ވެކްސިން ދެ ޑޯޒު ޖެހި މީހ...

14 Jul 2021 | 10:13

އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުން ގިނަވެ ކޯވިޑް ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބުން ލަސްވެދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިދިޔަ ހަފްތާގައި ވެކްސިން ދެ ޑޯޒު ޖެހި މީހުންނާއި ކުޑަކުދިން އަތޮޅު ތެރެއަށް ދަތުރު ކުރުމަށް ދިން ލުޔާއި އެކު ދަތުރު ކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހެ އެވެ. މި ލުޔާއި އެކު މާލޭގެ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ވަނީ ވަރަށް ބާޜު ބޮޑުވެފައި އެވެ.

މިއަދު އެޗްޕީއޭއިން ބުނީ ރަށްރަށަށް ދަތުރުކުރުމަށް ގިނަ ފަރާތްތަކެއް ޕީސީއާރު ޓެސްޓު ހަދަމުންދާ ކަމަށެވެ. އެހެންވެ މި ވަގުތު ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ ކަމަށެވެ.

އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ޓެސްޓުކުރުމުގައި ދެން އިސްކަން ދޭނީ ކޯވިޑް-19 ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ކަމަށް ކަމަށް ބުނެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުން ވެކްސިން ފުރިހަމަ ކުރި މީހުންނަށް ދިން ލުޔާއި އެކު ކޮންމެ ދުވަހަކު ކޯވިޑް-19 އަށް ޓެސްޓު ކުރާ ސާމްޕަލް ތަކުގެ އަދަދު ވަނ ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެވެ. އާންމުކޮށް މީގެ ކުރިން ގިނަވެގެން ދުވާލަކު ޓެސްޓު ކުރާ ސާމްޕަލްތަކުގެ އަދަދު އުޅޭނ5،000-4،000 ގައި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް-19 އަށް6،750 ޓެސްޓު ކޮށްފައިވާއިރު އޭގެ ކުރީ ދުވަހު7،999 ސާމްޕަލް ޓެސްޓު ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް