ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި މީހަކު އައްޑޫ އިން މާލެ އަށް ގެނެސްދީފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (​އޭއީއެޗް)ގައި އޮތް ހާލު ބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ. އެމްއެންޑީއެފް އިން ބުނީ، 58 އަހަރުގެ ބަލި މީހަކަށް އިތުރު ފަރުވާ ދިނުމަށް ހެލިކޮޕްޓަރ...

14 Jul 2021 | 09:39

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (​އޭއީއެޗް)ގައި އޮތް ހާލު ބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ، 58 އަހަރުގެ ބަލި މީހަކަށް އިތުރު ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ.

https://twitter.com/MNDF_Official/status/1415240082533994498

އޭނާ މާލޭ ގެނެސްފައި ވަނީ މިއަދުގެ މެންދުރު ފަހު 12:29 ހާއިރުއެވެ، އެމްއެންޑީއެފް އިން ބޭނުން ކުރަމުން އަންނަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރެވެ.

ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަމުން އަންނަނީ، އިންޑިއާ ސިފައިންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް އޮތް ނުރައްކަލެއް ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއިން އެ ވާހަކަތައް ދޮގު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް