އޭޕްރިލްގައި ވެކްސިން ޖެހި މީހުންނަށް ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހަން މިހާރު އެޕޮއިންޓްމެންޓް ހެއްދޭނެ

ކޮވިޝީލްޑް ދެ ވަނަ ޑޯޒު ޖަހަން އިތުރު ބަޔަކަށް އެޕޮއިންޓްމެންޓު ހެއްދުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ ތެރޭގައި ކޮވި...

14 Jul 2021 | 08:46

ކޮވިޝީލްޑް ދެ ވަނަ ޑޯޒު ޖަހަން އިތުރު ބަޔަކަށް އެޕޮއިންޓްމެންޓު ހެއްދުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ދެވަނަ ޑޯޒު ޖެހުމަށް އެޕޮއިންޓްމެންޓު ހެއްދޭނެ ކަމަށެވެ. ވެކްސިން ޖެހޭނީ book.hpa.gov.mv މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓް މެންޓު ހައްދައިގެންނެވެ.

އެޗްޕީއޭއިން ބުނީ ގަޑިއަށް ނުގޮސްފި ނަމަ އެޕޮއިންޓްމެންޓު ކެންސަލް ވާނެ ކަމަށެވެ. އަދި ވެކްސިން ޖެހޭނީ އަލުން އެޕޮއިންޓްމެންޓު ހައްދައިގެން ކަމަށް ބުނެ އެވެ.

އެޕޮއިންޓްމެންޓު ދީގެން ވެކްސިން ޖެހިޔަސް އެއް ގަޑިއަކަށް ގިނަ މީހުންނަށް އެޕޮއިންޓްމެންޓު ދީފައި އޮންނާތީ ވެކްސިން ސެންޓަރުތަކުގައި ކިޔު ނުޖެހި ވެކްސިން ެޖެހޭނެ ގޮތެއް ނޯވެ އެވެ.

ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުން ވެކްސިން ފުރިހަމަ ކުރާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ އެގޮތުން އިއްޔެވެސް6،700 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވެ އެވެ.

ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައި ވަނިކޮށް ކޮވިޝީލްޑް އާންމުކޮށް ޖަހައިދިނުން ހުއްޓާލަން ޖެހުނީ ރާއްޖޭގައި ހުރި ވެކްސިން ޑޯޒުގެ އަދަދު މަދުވެގެންނެވެ.

މިހާރު ޖަހައިދެމުން ދަނީ އާންމު ފަރާތަކުން ހަދިޔާ ކުރި ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް