އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ނުކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

މި އަހަރު އަޟުހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު މިސްކިތްތައް ބަންދުކޮށް، އީދު ނަމާދު...

14 Jul 2021 | 07:55

މި އަހަރު އަޟުހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު މިސްކިތްތައް ބަންދުކޮށް، އީދު ނަމާދު ވެސް ބޮޑު ޖަމާއަތުގައި ނުކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އައުމާއެކު އެޗްޕީއޭ އިން ވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ބޮޑެތި ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ގޮތުގައި އީދު ނަމާދު މިސްކިތްތަކުގައި އޮތް ނަމަވެސް ބޮޑު ޖަމާއަތް ނޯންނާނެ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި މަހުގެ 20 ވަނަ ދުވަހެވެ.

ކޮވިޑް މާބޮޑަށް ފެތުރެން ފެށުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި އެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް