ރައީސްގެ ފޯކަސް ވައުދު ފުއްދެވުމަށް، ނަޝީދު ދައްކާ ވާހަކައަށް ޝައުގެއް ނެތް!

ރައީސުްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ނުވިސްނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެ މަނި...

14 Jul 2021 | 07:53

ރައީސުްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ނުވިސްނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެ މަނިކުފާނު އެ ވާހަކަތަކަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްވާކަން ހާމަވެއްޖެއެވެ.

ރައީސުްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ނުވިސްނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ވިދާޅުވާނީ ކީކޭތޯ ރާއްޖޭގެ އޮންލައިން ނޫހަކުން ސުވާލުކުރުމުން ރައީސުްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސްގެ ފޯކަސް މިވަގުތު ހުންނެވީ ވައުދުތައް ފުއްދެވުމަށް އެކަނި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ.

މީގެ ކުރިން ރައީސް ނަޝީދު ބަރުލަމާނީގެ ވާހަކަ ދެއްކެވުމުން ވެސް ރައީސުްޖުމްހޫރިއްޔާ ވިދާޅުވީ އެ މަނިކުފާނުގެ ފޯކަސް ހުރީ ވައުދުތައް ފުއްދެވުމަށް އެކަނި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ ބޮޑުވަޒީރުކަން ކަމާއި އެމަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމީ މިހާރު އޮޅިފައި އޮންނަ ކަމެއް ނޫނެވެ. އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަރިހުގައިވެސް ދަންނަވާފައެވެ. އެކަމަށް ރައީސް ޞާލިހު މިހާތަނަށް ދެއްވި ޖަވާބަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ރައްޔިތުން ކަމަށެވެ. އެއީ 2008 ވަނަ އަހަރު އެކުލަވާލެވުނު މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމު ހިމެނުމަށް އަމަލުކުރި ފަދައިންނެވެ

ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަކޮށް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދު ގެންދަވަނީީ އެމަނިކުފާނުގެ މި ޚިޔާލުފުޅު އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާ ވެސް ހިއްސާ ކުރައްވަމުންނެެވެ. ދާދި ފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ނުރުހުނުކަމަށް ވިޔަސް، ސިޔާސީ މަސައްކަތުގައި ރައީސް ޔާމީނުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ. އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން ދައުރުވަމުންދާ މެސެޖުތަކެއްގައި ވެސް އެ ހިިޔާލު ފާޅު ކުރައްވާފައިވާއިރު، ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ނަޝީދު މިހާރު ނުގެންގުޅުއްވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް