ހަރުކަށި ފިކުރު ކަަމަށް ބުނާ އަމީންގެ ޝަރީއަތް ކެންސަލް

އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތުގެ އަޑު އެހުން ކެންސަލް ކޮށްފި އެވެ. އޭނާ އާއި ދެކޮޅަށް ދ...

14 Jul 2021 | 07:49

އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތުގެ އަޑު އެހުން ކެންސަލް ކޮށްފި އެވެ.

އޭނާ އާއި ދެކޮޅަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މީޑިއާގައި ބުނީ އޭނާގެ ޝަރީއަތް ކެންސަލް ކުރީ ދިފާއީ ވަކީލުންގެ އެދުމުގެ މަތިން ކަމަށެވެ.

ޓެރަރިޒަމްގެ ކުށުގައި ފުލުހުން އަމީން ހައްޔަރު ކުރީ2019 ވަނަ އަހަރު އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ ސީރިއާ އާއި އަފްގާނިސްތާނަށް ހަނގުރާމައިގަ ބައިވެރިވާން މީހުން ރެކްރޫޓްކޮށް ފޮނުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް